English Edition
Dhivehi Edition

އެމްއެންޑީއެފް ސެނަހިޔަ މިލިޓްރީ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާރޖަންޓް ޝަރީފް އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް އުފައްދަވައި މިމެޝިން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ހަދިޔާ ކުރައްވައިފިއެވެ.

ޝަރީފް މިސެނިޓައިޒަރ މެޝިން އުފެެއްދީ މި ލޮކްޑައުންތެރޭގައެވެ. މި މެޝިނަކީ 1.5 ލީޓަރުގެ ސެނިޓައިޒަރ އެޅޭ އޮޓެމެޓިކް މެޝިނެކެވެ. މެޝިން ފަރުމާކުރެވިފައި ވަނީ މެޝިންގެ ވަކި ޚާއްޞަ ދިމާލަކަށް އަތް ދިއްކޮށްލުމުން، ސެނިޓައިޒް ކުރެވޭ ގޮތަށެވެ. މި މެޝިން ހަދިޔާ ކުރެއްވުމަށްޓަކައި ޑިފެންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މެޝިން އުފެއްދި ސްޓާފް ސާޖަންޓް ޝަރީފްގެ ހުނަރުވެރި މަސައްކަތް ފާހަގަކުރައްވާ، ހިތްވަރު ދެއްވައި ސްޓާފް ސާޖަންޓް ޝަރީފަށް މިނިސްޓަރ މާރިޔާދީދީ ޝުކުރު އަދާކުރެއްވިއެވެ.

ސްޓާފް ސާޖަންޓް ޝަރީފް އުފެއްދި ސެނިޓައިޒަރ މެޝިން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ހަދިޔާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލްގެ ސަރޖަން ޖެނަރަލް ކާނަލް ޑޮކްޓަރު އަލީ ޝާހިދު މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެެވެ.