English Edition
Dhivehi Edition

ދިރާގުން ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރ ތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނާގޮތުގައި މިއީ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން 30 ނޮވެމްބަރ 2020ގެ ނިޔަލަށް ހިންގާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް 2 ގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ދިރާގު މޯބައިލް އެޕް އަދި ދިރާގު ވެބްސައިޓް އިން “މައިއެކައުންޓް”އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް މިބޫސްޓާރ އެކްޓިވޭޓް ކުރެވިދާނެއެވެ.

މި ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ދިރާގުން ބުނަނީ އެކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ޓެގު

1 ކޮމެންޓް
ޖަނާޒާ
ނޮވެމްބަރު 20, 2020
ތިޔަ ޕްރޮމޯސަންގައި ވާނީ ދިވެހިންހަނާ