English Edition
Dhivehi Edition

ޤާނޫނު ތަންފިޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް ހާޒިރުކުރަން ބޭނުންވާ މީހަކު، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

އެގޮތުން ފުލުހުން ހޯދަމުން ދަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް/ ޝަބުނަމީގެ، މުޙައްމަދު ޝަހީދު (35އ) އެވެ. އޭނާ ފުލުހަށް ހާޒިރުކުރަނީ ޤާނޫނު ތަންފިޒު ކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސް އެޅުން ނުވަތަ ދަތިކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މައްސަލައެއްގެ ތަޙުޤީޤަށެވެ.

ފުލުހުން ވަނީ އޭނާ ނޮވެންބަރު 24 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް އަންގައިފައެވެ.