TTM Maldives Virtual ge main partner akah Ooredoo - AO News
English Edition
Dhivehi Edition

Worldwide

  • 58,487,754confirmed
  • 40,464,377recovered
  • 16,637,043active
  • 1,386,334deaths

Maldives

  • 12,578confirmed
  • 11,559recovered
  • 974active
  • 45deaths

ކޮވިޑް 19 ކަވަރޭޖް

1 ހަފްތާ ކުރިން

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. ޓީޓީއެމް މޯލްޑިވްސް ވާޗުއަލްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޓްރެވެލް ޓްރޭޑް ފެއަރއެވެ. މި ފެއަރ ކުރިއަށްދާނީ މިމަހުގެ 24 އިން 26 ގެ ނިޔަލަށެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝިއަލް އޮފިސަރ ހުސައިން ނިޔާޒްއެވެ. އަދި އޯރކާ މީޑިއާ ގުރޫޕްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

Advt

Advertisement

އުރީދޫން ހާމަކުރާ ގޮތުގައި މި އެއްބަސްވުމާއިއެކު އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ފަތުރުވެރިކަމަށް އެހީތެރިވެދޭނެއެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޑެސްޓިނޭޝަން މާކެޓިންގ ކެންޕެއިނެއްވެސް އުރީދޫން ލޯންޗްކޮށްފައިވާއިރު، މި ކެންޕެއިންގެ ތެރެއިން އުރީދޫގެ އަމާޒަކީ ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނާއި ހަމައަށް ވާސިލްވެ ރާއްޖެ ޕްރޮމޯޓްކުރުން ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

ޓީޓީއެމް ފެއަރއަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރއެވެ. މި ފެއަރގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާނެއެވެ. މިއީ ޓީޓީއެމް  މޯލްޑިވްސް ބާއްވާ 4 ވަނަ ފަހަރެވެ.

ޓީޓީއެމްގައި ބައިވެރިވާ ފަރާތްތަކަށް ޓީޓީއެމް ޓްރެވެލް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ޓީޓީއެމްގެ މެގަޒިންގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިނގިރޭސި ބަހުން ނެރޭ ޓީޓީއެމް މެގަޒިންއަކީ ބައިނަލްއަޤްވާމީ އެކި ފެއަރތަކުގައިވެސް ރާއްޖެ ޕްރޮމޯޓްކުރުމަށް ބަހާނެ މެގަޒިންއެކެވެ.

ޓީޓީއެމްގައި ބައިވެރިވާ އެގްޒެބިޓަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި “ކަނެކްޓް” ސޮޕްޓްވެއަރ ބޭނުންކުރުމުގެ ފުރުސަތު ހިމެނެއެވެ. މި ސޮފްޓްވެއަރ މެދުވެރިކޮށް ކުރިއާލާ ބައްދަލުވުންތައް ހަމަޖައްސައި ބޭއްވުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުންވެސް އެގްޒަބިޓަރުންނަށް އިވެންޓްގެ ތެރެއިން ކޮފީ، ސައި އަދި އެކި ބާވަތުގެ ބުއިންތައް ލިބިގެންދާނެއެވެ. އަދި ޓީޓީއެމް ހަރަކާތްތައް ނިންމާލާ ގާލާ އިވެންޓަށްވެސް ދައުވަތު ލިބިގެންދާނެއެވެ.

މިއަހަރުގެ ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ މިމަހުގެ 24 ގައެވެ. އަދި ޓީޓީއެމް މޯލްޑިވްސް އޮންނާނީ މިމަހުގެ 25 އިން 26 އަށެވެ. ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯރކާ މީޑިއާ ގްރޫޕުން ކުރިއަށްގެންދާ ހަރަކާތެކެވެ. އޯރކާ މީޑިއާ ގުރޫޕަކީ ރާއްޖޭގެ މީޑިއާ އަދި މާކެޓިންގ ގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެކެވެ.