English Edition
Dhivehi Edition
"އެމްފިބިއާ" ސަފާރީ - ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭގައި އަޅާފައި އޮތް ސަފާރީއެއް އަޑިއަށްދާ ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ބޭނުން ނުކުރާ “އެމްފިބިއާ” ނަމަކަށް ކިޔާ ސަފާރީއަށް ވާރޭވެހި، ދިޔަ ބޮޑުވެ އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމުން ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައި ވަނީ މިއަދު 12:27 ހާއިރު އެވެ.

އެ ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.