English Edition
Dhivehi Edition

ތިރީސް ފަސް ރުފިޔާއަށް އެއް ޖީބީ ޑޭޓާ ލިބޭ އޮފާއެއް އުރީދޫއިން ތައާރަފުކޮށްފި އެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައިގެން ތައާރަފު ކުރި އާ ޕެކޭޖްގެ ދަށުން އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެންމެ 35ރ. އަށް އެއް ޖީބީ ޑޭޓާ ލިބޭނެ އެވެ. މި ޕެކޭޖު އެކްޓިވޭޓް ކުރުމުން އެއްވެސް ޗާޖަކާ ނުލައި މުޅި ދުވަހު އުރީދޫގެ ނަންބަރުތަކަށް ހިލޭ ގުޅައިލެވޭނެ އެވެ.

އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖު އެކްޓިވޭޓް ކުރެވޭނެ އެވެ. އުރީދޫން ބުނިގޮތުގައި މި ޕެކޭޖު ތައާރަފު ކުރީ މިއީ ދިގު ބަންދަކަށް ވެފައި އާއިލީ މީހުންނާ ގުޅުން ބަދަހި ކުރުމަށް ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް ދިނުމަށެވެ.

އެ އޮފާއަށް އެދުމަށް އުރީދޫގެ އެޕްއިން އެކްޓިވޭޓް ކުރެވޭނެެއެވެ. ނުވަތަ #1*929* އަށް ޑެއިލް ކުރުމުން އެ އޮފާގެ ހިދުމަތް އެކްޓިވޭޓް ކުރެވޭނެއެވެ.

ޓެގު