English Edition
Dhivehi Edition

ގޫގަލް “ލޫން ޕްރޮޖެކްޓް” ގެ ބެލޫންއެއް ގދ.ވާދޫގެ ހުޅަނގުން އައްޑޫކަނޑަށް ވެއްޓިއްޖެ އެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިބެލޫން އައްޑޫކަނޑަށް ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ. މިބެލޫން ވެއްޓެމުންދާ ކަމުގެ މަޢުލޫމާތު އިއްޔެ ހެނދުނު 08:30 ހާއިރު ލިބުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިޔާ އޮޕަރޭޝަން ސެންޓަރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެއަރ ޓްރެފިކް ކޮންޓްރޯލުން އެކަން ދަނީ މޮނީޓަރ ކުރައްވަމުންކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މިބެލޫން ރާއްޖޭގެ ލޯކަލް އޭޖެންޓާއި ޙަވާލު ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން ދަނީ ޙަރަކާތްތެރިވަމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުވެސް ލޫން ޕްރޮޖެކްޓްގެ ބެލޫންއެއް ރާއްޖެއަށް ވެއްޓުނެވެ. މި ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.

“ލޫން ޕްރޮޖެކްޓް” އަކީ ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ ޕްރޮޖެކްޓް އެކެވެ.