އައްޑޫ އެކުއެޓޯރިއަލްހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއްކޮށްފިއެވެ. މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ޢުމުރުން 68 އަހަރާއި 71 އަހަރާއި ދެމެދުގެ ދެމީހެއްގެ ހުޅު ބަދަލުކޮށްފައިވާއިރު އޭއީއެޗް އިން ވިދާޅުވީ އެދެމީހުންގެ ވެސް ފައި މިހާރު ހަރަކާތް ކުރާކަމަށާއި މިއީ ކާމިޔާބު އޮޕަރޭޝަނެއް ކަމުގައެވެ.
މި އޮޕަރޭޝަންތައް ކުރި އޯތޯޕީޑިކް ޓީމުގައި ހިމެނެނީ ޑރ.ގަސްޓާވޯ،ޑރ ހާޒިމް،ޑރ މުންޝިދުގެ އިތުރުން ނާސް ޝެހެންޒާ،އާސިއަތު،އާލިއާ،ފަރާޝަތު،ބިވިން ސަމްޙާ،އަދި އެނިސްތެޓިސްޓް ޑރ ޕަޓޭލްއެވެ. މި އޮޕަރޭޝަނާއެކު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކަކުލުހުޅު ބަދަލުކުރަން އެދޭ ކޮންމެ ފަރާތަކަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ.
Our Orthopaedic team performed the first knee replacement surgeries at AEH yesterday (8.11.2020). Congratulations to the team for surpassing another milestone in Orthopaedic surgery in AEH @presidencymv@MoHmvpic.twitter.com/WFS1mMvzhP
— Addu Equatorial Hospital (@aeh_mv) November 9, 2020
މީގެ 15 ވަރަކަށް އަހަރު ކުރިން އައިޖީއެމްއެޗްގައި ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިޔަ ކަމުގައިވިޔަސް މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް މިފަދަ އޮޕަރޭޝަނެއް ކުރީވެސް އައްޑޫގައި ހުރި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޕްރައިވެޓް ހަ ކޮޓަރި ހިމެނޭ ގޮތަށް ހަދާފައިވާ 100 އެނދުގެ ހޮސްޕިޓަލެކެވެ.އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިދިޔަ ޖެނުއަރީ 15 ވަނަ ދުވަހު ޚިދުމަތް ދޭންފެށި މިހޮސްޕިޓަލުގައި ޖުމްލަ 5 ތިއޭޓަރ ޤާއިމް ކުރެވި މިހާތަނަށް ވެސް ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއް ކޮށްފައި ވެއެވެ.