English Edition
Dhivehi Edition
ތިނަދޫ އައިސްޕްލާންޓްގެ މެނޭޖާރ އިލްޔާސް އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ތާއިލާ އަލީ އޭއޯ ނިއުސް

ތިނަދޫ އައިސްޕްލާންޓުން ދެމުން އަންނަ ޚިދުމަތް ފުޅާކޮށް ކުދި އުޅަނދުފަހަރުތަކަށް ދަތިކަމެއްނެތި އައިސް ފޯރުކޮށް ދިނުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އައިސްޕްލާންޓްގެ މެނޭޖާރ މުޙައްމަދު އިލްޔާސް ވިދާޅުވެއްޖެއެވެ.

އޭ އޯ ނިއުސް އަށް މައުލޫމާތު ދެމުން އިލްޔާސް ވިދާޅުވީ، ތިނަދޫ އަކީ ކުދި އުޅަނދުފަހަރުގައި ފަރުމަހުގެ މަސްވެރިކަންކުރާ މީހުން ގިނަ ރަށަކަށްވެފައި، އެ އުޅަނދުތަކުގެ މީހުން އާންމުކޮށް އަންނަނީ 50 ނޫނީ 100 ކިލޯ އައިސް ގަންނަން ކަމަށާއި ނަމަވެސް މިހާރު އެ ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަމަށެވެ.

“މިހާރު މިތާ މިހުރީ ބޮޑެތި މަސްދޯނިތަކަށް ފޯރުކޮށްދޭ އެއްކޮށްހުންނަ 550 ކިލޯ ގެ އައިސް ޕްލޭޓްތަކެއް، އާންމުކޮށްް ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުން ބޭނުންވާނީ 50 ނޫނީ 100 ކިލޯ ގެ އައިސް، އޭރަށް ބޮޑެތި ޕްލޭޓްތަކުން ބާކީވާ ބައި ރައްކާކުރާނެ ސްޓޯރެއްނެތް މިވަގުތު އަޅުގަނޑުމެން އަތުގަ” އިލްޔާސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދިމާވެފައިވާ މި މައްސަލަ ހައްލުކުރުމުގެ ގޮތުން އެތަނުގެ މުވައްޒަފުން އަމިއްލައަށް އިސްނަގައިގެން ކުދި ޕްލޭޓްތަކެއް ވެލްޑިންގކޮށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަން އިލްޔާސް ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާރު އައިސްކިޔުބް ހެދުމަށްޓަކައި ބޭނުންވާ ތަށިތައް ހެދުމުގެ މަސައްކަތް އެތާގެ ސްޓާފުން ވަރަށް ހަލުވިކަމާއިއެކު ކުރިޔަށް ގެންދާކަމަށާއި މި މަހުގެ 15 ވަނަދުވަހު މަސައްކަތް އެއްކޮށް ނިންމާލެވި އާންމު ރައްޔިތުމީހާ އަށް ދަތިކަމެއްނެތި އައިސް ފޯރުކޮށްދެވޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

މުވައްޒަފުންގެ ދަތިކަން ހުރިނަމަވެސް ވަރަށް ހިތްވަރާއި އެކު ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރުމަށްޓަކައި އައިސްޕްލާންޓްގެ ހުރިހާ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް އިލްޔާސްވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

މިފްކޯގެ 27 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ޙަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި އައިސްޕްލާންޓް ގެ އެވޯރޑް ތިނަދޫ އައިސްޕްލާންޓަށް ވަނީ ލިބިފައިއެވެ.

 

3 ކޮމެންޓް
erotik
ޑިސެމްބަރު 7, 2020
Really nice style and design and great content , nothing else we want : D. Jori Jeffy Tess
Shareef
ނޮވެމްބަރު 11, 2020
Rangalhu liyun kolholheh Thaila
ތިނަދޫ
ނޮވެމްބަރު 10, 2020
ތިނަދޫ އައިސްޕްލާންޓުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު ހައްޤު.