English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ގެނެސްދިން މަގުބޫލު ސިލްސިލާ “ސާތު ނިބާނާ ސާތިޔާ” ގައި ވަރަށް ނުފޫޒުގަދަ މައިދަތައެެއްގެ ރޯލް ކުޅުނު ރޫޕަލްް ޕަޓޭލް އެ ސިލްސިލާގެ ދެވަނަ ބައިން ފެނިގެން ދިއުމަކީ ހަމަ ޔަގީނުންވެސް ޑްރާމާއަށް ލިބުނު އިތުރު ފުރިހަމަކަމެއްކަން ޔަގީނެވެ.

“ސާތު ނިބާނާ ސާތިޔާ” ގެ ފުރަތަމަ ސީޒަން 3 ޖުލައި 2010 އިން ފެށިގެން 27، ޖުލައި 2017 ގެނެސްދިން އިރު އެ މުއްދަތުގެ ތެރޭގައި ޑްރާމާގެ 2،184 އެޕިސޯޑް ވަނީ ގެނެސްދީފައެވެ، މިއިން ކޮންމެ އެޕިސޯޑެއްގައިވެސް ކޮކީލާގެ ނުފޫޒާއި ބާރު ފެނިގެން ދިޔައިރު، ޓީވީ އިންޑަސްޓްރީގައި މިހާތަނަށްވެސް އޭނާ އާއި އެއްފަދަ ތަރިއަކު އަދި ފެނިފައިނުވާ ކަމީ ގިނަ ބަޔަކު ގަބޫލުކުރާ ހަގީގަތެކެވެ. ކޮވިޑް19ގެ ލޮކްޑައުން ތެރޭގައި އެ ޑްރާމާގައި ރޫޕަލް ކިޔާފައިވާ ބައެއް ޑައިލޮގްތައް ރެޕްކޮށް، ސޯޝަލް މީޑިއާ ފަތަހަކޮށްފައިވާއިރު ‘ރަސޯޅޭމޭ ކޯންތާ” އަކީ ރޫޕަލްގެ އެންމެ ހާއްސަ އެއް ޑައިލޮގެކެވެ.

ސާތު ނިބާނާ ސާތިޔާގެ އެއްވަނަ ސީޒަނަށް ލިބުނު ބޮޑު ތަރްހީބާއި އެއްކޮށް އެ ޑްރާމާގެ ދެވަނަ ސީޒަނެއްވެސް ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުން އަންނައިރު މިފަހަރުގެ ސީޒަންގައިވެސް އެންމެ ނުފޫޒުގަދަ ރޯލެއް ކުޅެމުންދަނީ ރޫޕަލް އެވެ. މިދިޔަ މަހުގެ 19 ގައި ދައްކަން ފެށި މި ޑްރާމާގެ 13 އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވާ އިރު، މި ސީޒަންގައި ދެއްކުމަށް ހަމަޖެހިފައިވާ ރޫޕަލްގެ ރޯލަށްވެސް ނިމުމެއް މި ވަނީ އައިސްފައެވެ. މިއީ ހަމަ ޔަގީނުންވެސް ރޫޕަލްގެ ސަޕޯޓަރުންނާއި ޑްރާމާއަށްވެސް ލިބިގެންދާނެ އިތުރު ފަޅުކަމެއްކަން ޔަގީނެވެ،

މިކަން ޔަގީންކޮށްދެމުން ރޫޕަލް ބުނީ މި ޑްރާމާގެ ދެވަނަ ސީޒަނަށް އެއްބަސްވީވެސް މިއީ އެހާ ގިނަ ދުވަހަށް ދެމިގެންދާ ރޯލެއް ނޫންކަން އެގިހުރެ ކަމަށާއި މި ފަހަރު ސީޒަނުގައި މިފަދަ ކުޑަ ފެނިލުމަށް އޭނާ އެއްބަސްވީ އޭނާގެ ސަޕޯޓަރުން މާޔޫސްކޮށްލަން ބޭނުންނުވާތީ ކަމަށެވެ. އިތުރަށް ރޫޕަލް ބުނީ ދެން ދުވަހަކުވެސް ޑްރާމާއެއްގައި އެއް މަސް ދުވަހުގެ ކުޑަ ފެނިލުމަކަށް އޭނާ އެއްބަސް ނުވާނެކަމަށާއި މި ޑްރާމާއިން އޭނާގެ ކެރެކްޓާރ ގެއްލިގެންދާނީ ކޮން ގޮތަކަށްކަންވެސް އަދި ނޭގޭ ކަމަށެވެ. ” ހުރިހާ ކަމެއްވެސް މިދަނީ ޕްލޭނާއި އެއްގޮތަށް. އެކަމަކު މި ޑްރާމާއިން އަހަރެން ‘ގެއްލިގެން’ދާނީ ކޮން ގޮތަކަށް ކަމެއް އަދި ނޭގޭ. އަހަރެން އުއްމީދުކުރަނީ ރީތި ގޮތަކަށް ވަކިވެގެން ދިއުން” ރޫޕަލް ބުންޏެވެ.

މީގެ އިތުރުން ރޫޕަލް ބުނީ މި ޑްރާމާއާއި އެކު ހޭދަވި 08 އަހަރަކީ ވަރަށް އުފާވެރި އަހަރުތަކެއްކަމަށާއި މި ޑްރާމާއިން އޭނާ ގެއްލުނު ކަމުގައިވިޔަސް ޑްރާމާ ކުރިއަށްދާނެކަމަށެވެ. އަދި މިހާ ހިސާބުން ކޮކީލާ ބެލުންތެރިންނާއި ވަކިވެދިޔަ ކަމުގައިވިޔަސް ރޫޕަލް އަދިވެސް ދާނީ ވަކިވުމެއް ނެތި ކުރިއަށް ކަމަށް އޭނާވަނީ ބުނެފައެވެ. “ވަރަށް އަވަހަށް ވަރުގަދަ އެހެން ކެރެކްޓާއަކާއެކު ބެލުންތެރިންނާއި ބައްދަލުކުރާނަން” ރޫޕަލް ބުންޏެވެ،

ރޫޕަލްގެ ވަކިވެދިއުމަކީ ހަގީގަތުގައިވެސް މުޅި ޑްރާމާއަށް ލިބިގެންދާނެ ފަޅުކަމެއްކަން ޔަގީނެވެ. އޭނާގެ ވަރުގަދަ އަޑުން ބުނެލާ ޑައިލޮގްތައް ހަގީގަތުގައިވެސް ވަރަށް ‘މިސް’ވާނެއެވެ.

https://www.instagram.com/p/CEHeALNJMjm/?utm_source=ig_embed