English Edition
Dhivehi Edition

ތުރުކީ އާއި ގްރީސްއަށް އިއްޔެ އައި ބާރު ގަދަ ބިންހެލުމުގައި މިހާތަނަށް 24 މީހުން މަރުވެފައިރު، 800 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި 7.0 މެގެނެޓިއުޑްގެ މި ބިންހެލުން އައީ ތުރުކީ އާއި ގްރީސް އާއި ދެމެދުގައި އޮންނަ އޭގަން ސީ އަށެވެ. ތުރުކީގެ އައްސޭރިން 17 ކިލޯމީޓަރު ދުރު ސަރަޙައްދަކަށް، ކަނޑުގެ 16 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއްވެފައިވަނީ އިޒްމީރަށެވެ. ތުރިކީގެ އިމާޖެންސީ އާއި ޑިޒާސްޓާރ އާ ބެހޭ އިދާރާއިން ބުނީ އިޒްމީރު ސިޓިގެ 20 އިމާރާތެއް އެއްކޮށް ބިމާހަވެ އެތައް ސަތޭކަ އިމާރާތެއްގައި ރެނދުއަޅާފައިވާކަމަށެވެ. އަދި ވެއްޓުނު އިމާރާތްތަކުގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްް ސަތޭކަ ބަޔަކު ތާށިވެފައިވާ ކަމުގެ ބިރުހީވެފައިވާކަމަށްވެސް ކަމާއި ބެހޭ ފަރާތްތަކުންވަނީ ބުނެފައެވެ.

Deadly earthquake strikes Turkey and Greece, both countries 'ready to help each other'

މި ބިންހެލުމަށްފަހު އިޒްމީރު ސިޓީއަށް ސުނާމީގެ އަސަރުކޮށްފައިވާއިރު، އެ ސިޓީ ކައިރި ޕްރޮވިންސްތައް ކަމުގައިވާ އުޝާކް، ޑެނިޒްލީ، މަނީސާ، ބެލިކަސީރް، އަދި މުގްލާއަށް ވެސް ވަނީ ބިންހެލުމުގެ ސަބަބުން ބައެއް ގެއްލުންތަށް ލިބިފައެވެ. ބިންހެލުމާއި ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަހު ތުރުކީ އާއި ގްރީސްއިން ގުޅިގެން މިހާރު ވަނީ ގެއްލުންތައް ކުޑަ ކުރުމަށައި މީހުން ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.

ތުރުކީ އޮންނަނީ ދުނިޔޭގެ ބިންހެލުން އެންމެ ގިނަ އެއް ސަރަޙައްދުގައެވެ. ދެ މޭޖަރ ފޯލްޓް ލައިނުގައި އެޤައުމު އޮންނައިރު، 1999 ވަނަ އަހަރު ތުރުކީއަށް އައި ބިންހެލުމެއްގައި އެގައުމުން 18،000 ވުރެ ގިނަ މީހުން މަރުވެ 30 ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.

ޓެގު