English Edition
Dhivehi Edition
ދިވެހި މަސްދޯންޏެއް މަސްކަނޑުގައި މަސްބޭނުމުގައި

ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް “ފަސްކުރި” ނަމަކަށް ކިޔާ ދޯނި ހައިޖެކް ކުރި ކަމަށް ބުނާ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އައްޑޫގެ ފަޅުވެރިންތަކެއް ތިބި މި މަސްދޯނި ހައިޖެކް ކުރި އިރު ދޯނި އޮތީ އިރު ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައެވެ.

ތޫނުއެއްޗިއްސާއެކު މަސްދޯންޏަށް އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 3 މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް މިހާރު ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެކެވެ.