English Edition
Dhivehi Edition

ތަފާތު ހުނަރުތަކާއިއެކު ތިނަދޫގައި ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ރޭ، ތިނަދޫ ސްޓޭޑިއަމް ސަރަޙައްދުގައި މިނާ ބޮޑުބެރު ގުރޫޕް، ޖޭ ބީ އެންޑް ފްރެންޑްސް، އުތާމް އާދިލް(އުއްތު)، އަމްނު އަނީލް، ޒުވާން ގިޓާރިސްޓް އާނިސް އިސްމާއިލް. ލަވަކިޔުންތެރިޔާ ޔައީޝް (ކޮކީ)، ސަނޫހް އަދި ތަފާތު ހުނަރެއް ދައްކާލި ޕޮޕް ޑާންސާރ މާއިދު އަހުމަދު (ސީ ޖޭ) ފަދަ ހުނަރުވެރި ޒުވާނުންގެ ހަރަކާތްތަކުން ޝޯވ ވަނީ އިތުރަށް ފުރިހަމަވެގެން ގޮސްފައެވެ.
ގދ.ތިނަދޫ ސްޕޯޓްސް ކައުންސިލަރ ފާތުމަތު އަރޫޝާގެ އިސްނެންގެވުމުގެ ދަށުން ކުރިޔަށް ގެންދެވުނު މިޝޯވ އަށް ގިނަ ޒުވާނުންގެ ތަރުހީބު ވަނީ ލިބިފައެވެ.

“މިފަދަ ޙަރަކާތެއް ބޭއްވުމުގެ މަގްޞަދަކީ އެކިފަހަރު މަތިން އެކި ތަންތަނުން ބައްދަލުވި ޒުވާނުންގެ ހުނަރުތައް އެއް ސްޓެޖަކުން ދައްކާލުން” ކަމުގައި އަރޫޝާ ވަނީ ބުނެފައެވެ.

މިފަދަ ހަރަކާތެއް ކާމިޔާބުކަމާއިއެކު ނިންމާލެވޭނީ ގިނަބައެއްގެ އެހީތެރިކަމާއެއެކުގައިކަން އަރޫޝާވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޮމިއުނިޓީ ސެންޓަރ އަދި ޒޯން ސްޓޭޑިއަމްގެ ސްޓާފުންގެ ބުރަމަސައްކަތް އަދި ޚާއްސަކޮށް ޝޯވް ނިމެންދެން ޔޫތް އެގްޒެކެޓިވް މުޙައްމަދު ވިފާގް (ބަހޫ) ވެދެއްވި އެހީތެރިކަން އޭނާ ވަނި ފާހަގަކޮށްފައެވެ.
ތިނަދޫ ކޮމިއުނިޓީ ސެންޓަރ އާއި ތިނަދޫ ޒޯން ސްޓޭޑިއަމް ގުޅިގެން ތިނަދޫގައި މި ބޭއްވުނު ޒުވާނުންގެ ދުވަހުގެ ޝޯވ އަކީ ގިނަދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ބޭއްވުނު ހަރަކާތެކެވެ.