COVID-19: Addu in ithuru 2 meehaku fassivejje - AO News
English Edition
Dhivehi Edition

Worldwide

  • 59,680,002confirmed
  • 41,289,505recovered
  • 16,985,436active
  • 1,405,061deaths

Maldives

  • 12,758confirmed
  • 11,615recovered
  • 1,097active
  • 46deaths

ކޮވިޑް 19 ކަވަރޭޖް

1 މަސް ކުރިން
ފޮޓޯ: ތޮލާލް މުހައްމަދު

އައްޑޫ ސިޓީ ހިތަދޫ އިން 2 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީ އިން ހާމަކުރި ގޮތުގައި މި 2 މީހުންނަކީ ވެސް ބިދޭސީންނެވެ. މި 2 މީހުންނަކީވެސް ހޯމް ކަރަންޓީނުގައި ތިބި 2 މީހުންނެވެ.

Advt

Advertisement

ބަލި ޖެހުނު ކަން އެނގުނު މި 2 މީހުންނާއި އެކު މިވަގުތު އައްޑޫ ސިޓީގައި ކޮވިޑް-19 ޖެހިފައިވާ 3 މީހަކު އެބަތިއްބެވެ.

އައްޑޫ ސިޓީ އިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހެއް ފެނިފައިވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައި އައްޑޫ އަތޮޅު ގަމުގެ ކަރަންޓީނު ފެސިލީންނެވެ. އޭގެ ފަހުން މިހާރު ޖުމްލަ 73 މީހަކަށް މި ބަލި ޖެހި 70 މީހެއް ވަނީ ބަލިން ރަނގަޅު ވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން އިއްޔެ އާންމު ކުރި މައުލޫމާތަށް ބަލާއިރު މިވަގުތު މުޅި ރާއްޖޭގެ 22 ރަށެއްގައި ކޮވިޑް-19 ޖެހިފައިވާ 47 މީހަކު އެބަތިއްބެވެ. އެއީ 37 ދިވެހިންނާއި 10 ބިދޭސީއެކެވެ. އަދި އެ މައުލޫމާތު ތަކުން ހާމަވާ ގޮތުގައި ށ. އަތޮޅު ކޮވިޑް ފެސިލިޓީގައި 1 މީހަކަށް އަދި ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި 1 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.