English Edition
Dhivehi Edition

ދާދި ފަހުން ހިތަދޫ ބޮޑު މަގުގައި އަލަށް ހުޅުވި ޓޫސްޓާ ޓޭކްއަވޭ އިން ފްރައިޑޭ ޓު ފްރައިޑޭ ގެ ނަމުގައި ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. ހުކުރު ދުވަހު ފެށި މި ޕްރޮމޯޝަނާއެކު އަގުހެޔޮކޮށް ގިނަބާވަތްތަކަކުން ޓޭކްއަވޭގެ ޚިދުމަތްދޭން ވަނީ ފަށާފައެވެ. މި ޕްރޮމޯޝަން ގެ ދަށުން އެންމެ 100 ރުފިޔާއަށް 3 ސަބްމެރިން ލިބޭއިރު ޗިކަން ބާގަރ އެއްގެ އަގަކީ 40 ރުފިޔާއެވެ. މިޕްރޮމޯޝަންގައި 80 ރުފިޔާއަށް ޕިއްޒާއެއް ބައްލަވައި ގަނެވެއެވެ.

މީގެ އިތުރުން ޓޫސްޓާއިން ކުރެވޭ ކޮންމެ މުޢާމަލާތަކާއެކު ގުރުއަތުގައި ބައިވެރިވެވޭ ކޫޕަނެއް ދޫކުރެ އެވެ. އަގުހުރި ފައިސާގެ އިނާމް ކަނޑައެޅިފައިވާ މި ކޫޕަންގެ ތެރެއިން ގުރުއަތުން ހޮވޭ 1 ވަނައަށް 10000 ރުފިޔާ ލިބޭއިރު 2 ވަނައަށް 5000 ރުފިޔާ އަދި 3 ވަނައަށް 3000 ރުފިޔާ ކަނޑައެޅިފައިވެއެވެ.

ޓޫސްޓާ ޓޭކްއަވޭ އަކީ އައްޑޫސިޓީ ހިތަދޫގައި ހުޅުވި ޓޫސްޓަރ ގެ ދެވަނަ އައުޓްލެޓެވެ. ހިތަދޫ މޫލެކެޑެ ބޮޑުމަގުގައި ކުރިން މިލާނޯ ހިންގި ތާ ހުޅުވާފައިވާ މި އައުޓްލެޓުން އައްޑޫސިޓީގެ ކޮންމެ ތަނަކަށްވެސް އޯޑަރުދިނުމުން ގެންގޮސް ދިނުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ. މިތަނުން ލިބެން ހުރި އިތުރު ބާވަތްތަކުގެ ތެރޭގައި ދިވެހިން ޢާއްމުކޮށް ކައިހަދާ ކެއުންތަކާއި ގްރިލްޑް ޓުނާ،ފަރާޓާ އަދި ރޮށި ފަދަ ތަފާތު ގިނަ ބާވަތްތައް ހިމެނެއެވެ.

ހީވެސް ނުކުރާހާ ހެޔޮ އަގުގައި މިތަކެތި ތައްޔާރުކޮށް ގެންގޮސްދޭއިރު ޓޫސްޓާއިން ޢާއްމުކޮށް ޚިދުމަތް ހޯދާ އެތައް ބައެއްގެ މަޤުބޫލުކަން ދޮންރިހަ އަށް ދެވިފައިވާއިރު އެތަނުން ހަދާ މުގުރިހައަކީވެސް ފާހަގަ ކޮށްލެވޭ މީރު ރިހައެކެވެ.

 

ބިރިޔާނީގެ އަސްލުރަހަ އައްޑޫސިޓީގެ އެހެން އެއްވެސް ތާކުން ނުލިބޭހާ ފުރިހަމައަށް ޓޫސްޓާއިން ލިބެންހުރިއިރު މިކެއުމަށްވެސް އިންސާފު ކޮށްލުމަށް ކޮންމެ ދުވަހަކު އެތައްބަޔަކު ގޮސް ހަދައެވެ.

 

އިންޑިއާގެ މީރު ކެއުންތަކަށް ލޯބި ކުރާ ފަރާތްތަކަށް ވެސް ޓޫސްޓާގައި މިވަނީ ޚާއްސަ މެނޫއެއް ތައްޔާރުކޮށްފައެވެ.

ތަންދޫރީ ޗިކެންއާއި ޗިކެން ޓިއްކާ އަދި ބަޓަރ ޗިކެންފަދަ ކޮންމެ އެއްޗަކަށްވެސް އޯޑަރު ދެއްވުމުން އިރުކޮޅެއްގެ ތެރޭ ގެއާއި ހަމަޔަށް މިތަކެތި ގެންގޮސްދެއެވެ.

ލުއި ބުއިންތަކުގެ ތެރޭގައިވެސް ޓޫސްޓާއިން މުޅިން އަލަށް ތަފާތު ރަހަތަކެއްވަނީ ތަޢާރަފްކޮށްފައެވެ. ޖޫގޯގެ އެކި ރަހަތަކުގެ އިތުރުން ޒުވާނުންގެ މެދުގައި އެންމެ ހިނގާ ރީބުލް މޮޖިޓާ އަދި ޕޭޝަންޓް ފްރުޓް މޮޖިޓޯ މިހާރު އެތަނުން ލިބެން ހުންނާނެއެވެ.

ޓޫސްޓާގެ ފުރަތަމަ އައުޓްލެޓް ހުޅުވާފައިވަނީ ހިތަދޫ ފާސްޓް ފުޑް ރެސްޓޯރަންޓާއި ޖެހިގެން ހުރި ޢިމާރާތުގައެވެ. ޓޫސްޓާ ޓޭކްއަވޭގެ ފޯން ނަމްބަރަކީ 7577383 އެވެ. އަޖުމަބަލާލަން ނަމަވެސް ޓޫސްޓާ ގެ ޓޭކްއަވޭއަކަށް އޯޑަރު ކޮށްލައްވާށެވެ.