English Edition
Dhivehi Edition

އޭއޯ ނިއުސް އިން ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން އޭއޯގެ ގދ. ބިއުރޯ ލޯންޗްކޮށް ހުވަދޫ ބަހުން ފުރަތަމަ ފަހަރަށް ޚަބަރު ހުށަހަޅައި ދީފިއެވެ.

އޭއޯ ނިއުސް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ގދ. ޗެޕްޓަރ އާއި ގުޅިގެން ތިނަދޫގައި 2 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ތިނަދޫގެ 22 ޒުވާނަކު ތަމްރީނުކޮށް އޭއޯގެ ގދ. ބިއުރޯ ތިނަދޫގައި ރަސްމީކޮށް ލޯންޗްކޮށްފައިވަނީ އެކަމަށްޓަކައި ޚާއްޞަކޮށްގެން ރޭ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އޭއޯ ގެ ގދ. އަތޮޅު ބިއުރޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭއޯ ނިއުސްގެ 9 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހު އޭއޯ ޗެނަލްގެ ނަމުގައި ސޯޝަލް މީޑީއާގައި ފަށާފައިވާ މިޗެނަލަކީ ދެކުނުގެ ބަސް ދިރުވައި އާލާ ކުރުމުގެ މަގްޞަދުގައި ދެކުނުގެ 4 އަތޮޅަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޗެނަލެކެވެ. އެގޮތުން އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން އައްޑޫ ބަހުން ޚަބަރު ކިޔުމާއި އަދި ތަފާތު އެކި ޕްރޮގްރާމުތައް އައްޑޫބަހުން ހުށަހަޅަމުން އައިސްފައިވާއިރު ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ފުވައްމުލައް ބިއުރޯ ހުޅުވައި ފުވައްމުލަކުގެ ބަހުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށްވެސް ވަނީ ފަށާފައެވެ.

އޭއޯ ނިއުސް އާއި ސްކީމް ގުޅިގެން ދެކުނުގެ ހަތަރު އަތޮޅުގައި ނޫސްވެރިން ތަމްރީނު ކޮށް ނޫސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމަށް މަސައްކަތް ކުރަމުން އަންނަ އިރު މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދަރިވަރުންނަށް ގައުމުން ބޭރުގައި، ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފައެވެ.

3 ކޮމެންޓް
ަސދަސ
ނޮވެމްބަރު 20, 2020
މިއީ ވަރަށް ރަނގަޅު ކަމެއް. އަދި ތަމްރީންވާ ކުދިންނަށް އެހެން ޗެނެލް ތަކުންވެސް ރަނގަޅު ފުރުސަތު ލިބިގެންދާނެ.
kudoo
އޮކްޓޯބަރު 25, 2020
Viddhe farithakon thitthaa kiyahele
Auzid
އޮކްޓޯބަރު 25, 2020
Thiyaa varah salhi