English Edition
Dhivehi Edition

އާއްމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސްޓާ ޕްލަސްގެ ޑްރާމާ ނާމްކަރަންގައި ދަޔާވަންތީ މެހެތާގެ ރޯލް ކުޅެމުންދިޔަ ރީމާ ލާގޫ މަރުވުމުން އޭނާގެ ރޯލަށް އެހެން ތަރިއަކު ހަމަޖައްސައިފިއެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރީމާގެ ކުއްލި މަރާއެކު އެ ޑްރާމާގެ ޕްރޮޑިއުސާރ ވަނީ ދަޔާވަންތީގެ ރޯލަށް އާދައިގެ ސްކްރީން ޓެސްޓަކަށްފަހު ރާގްނީ ޝާހް ހަމަޖައްސާފައެވެ. ރާގްނީ މި ރޯލަށް ހަމަޖެއްސީ އޭނާއަކީ ދަޔަވާންތީގެ ރޯލް ކުޅެވޭފަދަ ގާބިލް ތަރިއެއް ކަމަށް ޕްރޮޑިއުސަރަށް ގަބޫލު ކުރެވޭތީކަމަށް އޭނާވަނީ ބުނެފައެވެ. 19 މެއި އިން ފެށިގެން ރާގްނީ ޑްރާމާގެ ޝޫޓިން ފަށާފައިވާއިރު މި ޑްރާމާގައި ރީމާ އެންމެ ފަހުން ކުޅެފައިވަނީ އޭނާގެ މާމަ ދަރިފުޅުގެ ކައިވެނީގެ ހަފްލާގެ މަންޒަރުތަކެވެ.ގުޖްރާތީ އެކްޓަރު ރާގިނީ ވަނީ މީގެ ކުރިންވެސް މަޝްހޫރު ޑްރާމާތަކުން ފެނިގެން ގޮސްފައެވެ. މި ގޮތުން ދިޔާ އޯރް ބާތީގައި ބާބޯގެ މައިދައިތަގެ ރޯލާއި ސަރަސްވަތީ ޗަންދަރްގައި އޭނާ ކުޅުނު ރޯލަކީ ފާހަގަ ކޮށްލެވޭ ރޯލްތަކެވެ. ރީމާ މަރުވުމުގެ ހިތާމަ ފިލްމީ ތަރިންނާއި ފިލްމު އުފައްދާ ކުންފުނިތަކުން ކުރަމުން އަންނައިރު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކޮންގްރެސްގެ ރައީސް ސޯނިއާ ގާންދީ ވެސް ވަނީ ހިތާމަ ފާޅުކޮށް މެސެޖް ކުރައްވާފަ އެވެ.