English Edition
Dhivehi Edition

ފުވައްމުލައް ސިޓީއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި 3 މީހުންގެވެސް ޑިރެކްޓް ކޮންޓެކްޓްސް ފާހަގަވެ ރެކޯޑް ކުރެވިފައިވާ ކަމަށާއި މިއީ އެރަށުގެ މީހުން ވިސްނާ ހޭލުންތެރިވާން ޖެހޭ ކަމެއް ކަމަށް ފުވައްމުލައް ހޮސްޕިޓަލުގެ، ހެލްތް ސާވިސަސް މެނޭޖަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

“ކޮންމެ ބޭފުޅަކުވެސް ގަބޫލު ކުރައްވަންވީ މާލެއިން އަންނަ މީހެއްގެ ހަށިގަނޑުގައި ކޮވިޑް-19ގެ ވައިރަސް ހުރުމުގެ ފުރުސަތު ބޮޑުކަމަށް. ރޯގާގެ އަސަރު ހުއްޓަސް އަދި ނެތަސް މި ރޯގާގެ ވައިރަސް ހުރެދާނެ” އަހުމަދު ސައީދު ވިދާޅުވިއެވެ.

މާލެ އިން އައިސް ކަރަންޓީނު ވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލު ކުރާ ނަމަ، ކަރަންޓީނުގެ މުއްދަތުގައި ޑިރެކްޓް ކޮންޓެކްޓެއް ހުންނަން ނުޖެހޭ ކަމަށްވެސް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އަހުމަދު ސައީދު މިފަދައިން ވިދާޅުވެފައިވަނީ ފުވައްމުލައް ސިޓީގައި މިވަގުތު ކޮވިޑް-19 އަށް ފައްސިވެފައިވާ 2 މީހުންގެ ކޮންޓެކްޓް ޓްރޭސިންގް އާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުންނެވެ. އަހުމަދު ސައީދު ވިދާޅުވިގޮތުގައި އެ ރަށުން މިވަގުތު ކޮވިޑް-19 އަށް ފައްސިވެފައިވާ 2 މީހުންގެ ވެސް ޑައިރެކްޓް ކޮންޓެކްޓްސްގެ ގޮތުގައި ކޮންމެ މީހެއްގެ ފަރާތުންވެސް އެއް މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އެ ދެ މީހުންގެ ވެސް ފުރަތަމަ މަރުހަލާގެ ޓެސްޓު ތަކުން ނަތީޖާ ނައްސިކަމަށް ދައްކާފައިވާ ކަމަށެވެ.

އަދި މި މީހުންގެ ނަތީޖާ ނައްސިވި ކަމުގައި ވީ ނަމަވެސް އަދި 14 ދުވަސް ކަރަންޓީން ފުރިހަމަ ކުރުމަށްފަހުން 2 ވަނަ ފަހަރަށް އެމީހުން ޓެސްޓު ކުރެވޭނެ ކަމަށްވެސް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

“ކަރަންޓީނު ވުމަށް އެކަށައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުން ލާޒިމު. އެހެން ނުވެއްޖެނަމަ ހެދޭ ކުޑަ ގޯހަކުން މުޅި ރަށުގެ ހުރިހާ އެންމެނަށް އޭގެ އުނދަގޫ ކުރިމަތިވެދާނެ. ރަށުގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނާއި ކޮވިޑް-19ގެ ސަބަބުން ފުރާނައަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތުގައި ތިބޭ އެންމެންގެ ރައްކަލަކަށްޓަކައި ފަރުވާ ކުޑަ ނުކުރުން ވަރަށް މުހިންމު. ރަށުގައި މިނިވަންކަމާއެކު ހިގާބިގާވެ މިހާރުވެސް މިއުޅެވެނީ، އަޅުގަނޑުމެންނަށް މިހާތަނަށް ރަނގަޅަށް މިކަން ގެންދެވިފައިވާތީ” އަހުމަދު ސައީދު ވިދާޅުވިއެވެ.

މިވަގުތު ފުވައްމުލަކުގައި ކޮވިޑް19 އަށް ފައްސިވެފައިވާ 2 މީހަކު ތިބިއިރު މި ދެމީހުންނަކީ ވެސް ފުރަބަންދު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް އިން ބައްޔަށް ފައްސިވެފައިވާކަން އެނގިފައިވާ 2 މީހުންނެވެ. ފުވައްމުލަކުގައި މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވަނީ ޖުމުލަ 3 މީހުންނެވެ.

6 ކޮމެންޓް
މެނޭޖަރ
އޮކްޓޯބަރު 26, 2020
ތި މެނޭޖަރ އަކީ އެއްގޮތެކިއަސް ތި މަގާމަހަ ކުފޫ ހަމަވޭ މީހެއް ނުން. ފެރެތަމަ ތިއު ނުން އެހެން މީހަކު ތިޔަނަހަ ލަންނަ ތިޔަ ވޭ
ޙަހަހަހަ
އޮކްޓޯބަރު 23, 2020
މެނޭޖަރު ޙޭލުންތެރި ކުރުވުމަށް ގޮވާލަން.
ޢަޖާއިބެކޭ
އޮކްޓޯބަރު 23, 2020
ކިއތެންމި މުޅު ވާހަކަތެކަކަހަ ވީ ކަމުގައިވިޢަސް ހަމަ އަނގަ.
ޢަވަމޭ
އޮކްޓޯބަރު 23, 2020
މި ވާހަކަތެއް ދައްކަންނަ ޖެހެނީ މީހަކު ޕޮޒިޓިވް ވީންމާ އެއް ނުން. މިހާ ކުރިއެ ބަލަންނަ ޖެހެ ކަންތެތި. މި ރަށި މީހުން ކަރަންޓީނެ އައެ ކޭފޭ ވޭންނާ ވައްތަރޮ މިރަށި މީހުންނަ ޢެނގޭ. މިހައި ދުއަހަށަ ފިޔަވަޅޮ ނިއެޑީ ގޮތަހަ ދެނަސް ހަނި ބަތިބެއު
ނަން
އޮކްޓޯބަރު 23, 2020
ބަލަ އަޖާއިބު އަންތަރީސް ނިވޭ އައެ ކޭނީ. މި މީހާ މެން ބަލާ ވަރެން ކަރަންޓީން އެ ތިބޭ މީހުން ބުރު ޖާހާފޭ ރަށޮ ކުދު ކެރާކަލް ނިފެނެނީ. އަދި ތިބަލާ ގޮތް ކަމި ނިއޭ. މަށަ ހީވެނީ ނަމްބަރޮ ބަދަލް ކެރަންނަ ވެގޮހޮ ހެން ތިހީށީ
އެމީހާ
އޮކްޓޯބަރު 23, 2020
ވަރަހަ ތިޔަ ބަލާ މި ވާހަކަ ދައްކަވާ ބޭފުޅާ. އެންމެ ފެރެތާ މީހުން ޢެއްވޭ ތަންތައި މާސްކު އެޑާބެލައު! ވާހަކަ ދައްކަންނަ ވީންމާ މުޅު ވެންނެން އެންމެނަސް.