English Edition
Dhivehi Edition

ސްޕެއިންގެ ބާސެލޯނާއިން ލިވަޕޫލްގެ ކުޓީނިއޯ ހޯދަން ކުރި ތިން ބިޑައަށް ވެސް ނޫނެކޭ ބުނެ ލިވަޕޫލްއިން އެ ޓީމްގެ މުހިންމު ޕޯވާޑް ބްރެޒިލްގެ ކުޓީނިއޯ ހޯދަން ބާސެލޯނާއިން ކުރި މަސައްކަތް ހުއްޓުމަކަށް ގެނެސްފިއެވެ.

ދުނިޔޭގެ ރިކޯޑް އަގެއް ކަމުގައިވާ 200 މިލިއަން ޕައުންޑްއަށް ސްޕްއިންގެ ބާސެލޯނާ ދޫކޮށް ޕްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ނެމާ ނެތްތަން ފޫބެއްދުމަށް ބަސެލޯނާއިން 150 މިލިއަން ޕައުންޑް ހުށައެޅުމުންވެސް ލިވަފޫލް އިންވަނީ އެ ހުށައެޅުން ތަކަށް ނޫނެކޭބުނެފައެވެ.

ކުޓީނިއޯ މި ސީޒަނުގައި މިހާތަނަށް އަނިޔާގެ ސަބަބުން ލިވަޕޫލުގައި މެޗެއް ކުޅެފައި ނުވާއިރު އޭނާ ވަނީ ބްރެޒިލް ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ފަހުން އިކުއިޑޯ 2-0 ލަނޑުން ބަލި ކުރި މެޗުގައި ލަނޑު ޖަހާފައެވެ.

ސްޕެނިޝް އަދި އިނގިރޭސި ޓްރާންސްފާ ބާޒާރު މިހާރު ބަންދުވެފައި ވުމުން ދެން ކުޓީނިއޯއަށް އެންމެ އަވަސް ފުރުސަތެއްގައި ވެސް ބާސެލޯނާއާއި ގުޅެވޭނީ އަންނަ ޖެނުއަރީ ޓްރާންސްފާގައެވެ.

ޓެގު