English Edition
Dhivehi Edition
އައްޑޫ ސިޓީ ސްކުއަރ - ފޮޓޯ: ޓްވިޓާ (ނައުޓީ)

އައްޑޫ ސިޓީ ސްކުއާރގައި ބޭނުންކުރުމަށް ފަސް ދިދަ ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުން އެދޭ ކަމަށެވެ. އެގޮތުން ބިޑް ގަންނަން ލިބެން ހުންނާނީ 2020 އޮކްޓޯބަރު 21 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 އޮކްޓޯބަރު 28 ވާ ބުދަ ދުވަހުގެ މެންދުރު 13:00އާއި ހަމައަށް ކަމަށާއި، ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ. ކަމުގައި އެ އިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، އެ އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected]) ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލްކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލުން އިތުރަށް ބުނީ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 ނޮވެންބަރު 04 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކައުންސިލްގެ އިދާރާގައި ކަމަށެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 2020 އޮކްޓޯބަރު 21 ވާ ބުދަ ދުވަހުން ފެށިގެން 2020 ނޮވެންބަރު 01 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު [email protected] އަށް މެއިލްކޮށްގެން ސާފުކުރެވޭނެއެވެ.

ކައުންސިލްގެ އިޢުލާނުގައި ބުނެފައިވާ ގޮތުން އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 ނޮވެންބަރު 2 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. އަދި އެ މުއްދަތުގައި މެއިލްއަށް ޖަވާބު ނުލުބިއްޖެނަމަ އެ އިދާރާގެ ޕްރޮޖެކްޓް ސެކްޝަނަށް ވަޑައިގަތުމުން ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ.

އެ މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.