English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި މި މަހުގެ 16 ވަނަ ދުވަހު ކޮވިޑް19 އަށް ފައްސިވި މީހާ އަދި މި މަހުގެ 19 ވަނަ ދުވަހު ފައްސިވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޖުމުލަ 2 މީހުން ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

“މި މަހުގެ 16 ވަނަ ދުވަހު ފައްސިވި މީހާގެ އުޅެނީ އެންމެ ކޮންޓެކްޓެއް، 19 ވަނަ ދުވަހު ފައްސިވި މީހާގެ ވެސް އުޅެނީ އެންމެ ކޮންޓެކްޓެއް” ފުވައްމުލައް ހޮސްޕިޓަލުގެ ހެލްތް ސާވިސް މެނޭޖަރ، އަހުމަދު ސައީދު ހާމަކުރެއްވިއެވެ.

އަހުމަދު ސައީދު އިތުރަށް ހާމަކުރެއްވި ގޮތުގައި 16 ވަނަ ދުވަހު ފައްސިވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްއާއި ކޮންޓެކްޓްވި (ޕްރައިމަރީ ކޮންޓެކްޓް) 4 މީހެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެގޭގައި ދިރިއުޅޭ ހައި ރިސްކް ކެޓެގަރީގެ 2 މީހެއްގެ ސާމްޕަލް 16 ވަނަ ދުވަހު ނަގާފައިވާ ކަމަށާއި އެ 2 މީހުންގެ ނަތީޖާ ނައްސިވެފައިވާ ކަމަށްވެސް އަހުމަދު ސައީދު ވިދާޅުވިއެވެ.

މީގެ އިތުުރުން އަހުމަދު ސައީދު ވިދާޅުވީ އެމީހުންގެ ނަތީޖާ ނައްސިވެފައިވީ ނަމަވެސް އަދި އެމީހުން ތިބީ ކަރަންޓީނު ކުރެވިފައި ކަމަށެވެ.

މިވަގުތު ފުވައްމުލަކުގައި ކޮވިޑް19 އަށް ފައްސިވެފައިވާ 2 މީހަކު ތިބިއިރު މި ދެމީހުންނަކީ ވެސް ފުރަބަންދު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް އިން ބައްޔަށް ފައްސިވެފައިވާކަން އެނގިފައިވާ 2 މީހުންނެވެ.