English Edition
Dhivehi Edition
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2019: ބޭރުމަތި އެފްސީ އާޢި ގޮދިއްޔާ ބައްދަލު ކުރި މެޗުގެ ތެރެއިން / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ރަސްމީ ޖަލްސާގައި އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19ގެ ސަބަބުން އެ މުބާރާތް މި އަހަރު ބާއްވަން ކައުންސިލް މެންބަރުންނަށް ފެނިވަޑައި ނުގަންނަވާތީ އެވެ. އެގޮތުން އެ ޖަލްސާގައި ކައުންސިލުން ނިންމާފައި ވަނީ އެ މުބާރާތް އަންނަ 2021 އަހަރުގެ ފުރަތަމަ ކުއާޓަރުގައި (ޖެނުއަރީ އާއި މާރިޗް މަހާ ދެމެދު) ބޭއްވުމަށެވެ.

އެ މުބާރާތް ފަސްކުރުމަށް ކައުންސިލުން ނިންމާފައިވާއިރު، މުބާރާތް ބޭއްވުމާ ގުޅޭގޮތުން ކައުންސިލުން ވަނީ އިއްޔެ ސްޕޯޓްސް ކައުންސިލާވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އެފްސީ ބޭރުމަތިންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފައިސާގެ އިނާމެއް ދީފައި ވާއިރު، މުބާރާތުގެ ރަނަރ އަޕް ޓީމަށް 10،000ރ. ވަނީ ދީފައެވެ.