English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލޭގައި މިއަދު ހިނގި މާރާމާރީއެއްގައި ދެ މީހެއްގެ ބޯ ފަޅާލައިފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އެ މާރާމާރީ ހިނގާފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރު މާލޭ މަޖީދީ މަގުގައި ހުންނަ ‘ލެ ޓްރެފިކް’ ކެފޭ ކައިރީގައެވެ. އަދި އެ މާރާމާރީގައި ދެ މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އަނިޔާ ލިބުނު މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެމީހުންނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މާލޭގައި މިއަދު މާރާމާރީއެއް ހިނގާފައިވާއިރު، ރޭ އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައިވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަޚަމްކޮށްލައިފައެވެ.