English Edition
Dhivehi Edition

ފުވައްމުލައް ސިޓީ އިން ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރުމަށް ފަހު ސާމްޕަލް ނަގައި ޓެސްޓު ކުރި އިތުރު މީހަކު ކޮވިޑް19 އަށް ފައްސިވެފައިވާ ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިއީ ފުވައްމުލަކުން މި ބައްޔަށް ފައްސިވި 3 ވަނަ މީހާއެވެ.

ފުވައްމުލައް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި މި މީހާގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު ސާމްޕަލް ނަގައިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. މިއަދު މިމީހާގެ ނަތީޖާ ލިބިފައިވާ އިރު އެމީހާގެ ހާލު ރަނގަޅު ކަމަށާއި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މި މީހާއަކީ މި މަހުގެ 16 ވަނަ ދުވަހު ފައްސިވި މީހާއާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫންކަމަށްވެސް ފުވައްމުލައް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މިވަގުތު ފުވައްމުލަކުގައި ކޮވިޑް19 އަށް ފައްސިވެފައިވާ 2 މީހަކު އެބަތިއްބެވެ. މި ދެމީހުންނަކީ ވެސް ފުރަބަންދު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް އިން ބައްޔަށް ފައްސިވެފައިވާކަން އެނގިފައިވާ 2 މީހުންނެވެ.