English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ރޭ މާލެ ސިޓީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ ނޫންކަމަށާއި، އެއީ އެކްސިޑެންޓަކުން ވީ ކަމެއް ކަމަށް އެމީހާއާއި ހަވާލާދީ ފުލުހުން ބުނެފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރޭ އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ޒަހަމްވެފައިވަނީ ގްރޭޓާ މާލެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ)އެވެ.

ރޭ ފުލުހުން ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވި މީހަކަށް، ފަރުވާ ހޯދުމަށް އޭޑީކޭ ހޮސްޕިޓަލަށް ދިޔަ ކަމުގެ މަޢުލޫމާތު ރޭ 10:51 ހާއިރު ލިބިފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވީ އެއީ ވަޅީގެ ހަމާލެއް ނޫންކަމަށް ޒަހަމްވި މީހާ ބުނެފައިވާކަމަށެވެ. އަދި އެ ހާދިސާ ހިނގީ އަނބިކަނބަލުންނާ އެކު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ކަމަށާއި އެއީ އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ލިބުނު ޒަހަމެއްކަމަށް އެމީހާ ބުނެފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ޒަހަމްވި މީހާއަށް އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ފުލުހުން ވިދާޅުވީ، މި މީހާ ތަހުގީގަށް ދިން މި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އިތުރަށް ބަަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ޓެގު