English Edition
Dhivehi Edition
މާލޭގައި ހުޅުވި ބީއެމްއެލްގެ އެކައުންޓް އޯޕެނިންގ އެންޑް ލޯން ސެންޓަރ - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ޚިދުމަތްތަކަށް މިރޭ ބުރޫ އަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ބޭންކުން ފޯރުކޮށްދެމުން އަންނަ އިންޓަނެޓް ބޭންކިންގ އާއި ޕޭމަންޓް ގޭޓްވޭ އާއި އޭޓީއެމްތަކާއި ޕޮސް މެޝިންތައް އަދި ޑޮލަރު ބުކިންގ ޕޯޓަލްގެ ޚިދުމަތްތަކަށް މިރޭ 00:00 އިން 04:00 އާއި ދެމެދު ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެއީ ބޭންކުން ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސްގެ ސަބަބުން ކަމަށާއި، މެއިންޓަނަންސްގެ ވަގުތު ކަނޑައަޅާފައި ވަނީ ކަސްޓަމަރުންނަށް ވީހާވެސް އުނދަގޫ ކުޑަވާނެ ގޮތަކަށް ބަލާފައި ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

އެހެންނަމަވެސް އޭގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ.