English Edition
Dhivehi Edition

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފި އެވެ.

ރޭ އިރާކޮޅު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި، ފަހަތުން އައި ވޭނެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށްވެސް އަނިޔާވެފައިވާއިރު، ފަހަތު ސީޓުގައި އިން އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އަންހެންމީހާ މި ވަގުތު އޮތީ އޮކްސިޖަން ގުޅާ، އައިސީޔޫގައި ބާއްވާފައި ކަމަށެވެ.

ފުލުހުން މިކަން މިހާރު ތަހުޤީގުކުރަމުން އަންނައިރު، މި އެކްސިޑެންޓް ހިނގިއިރު ދެ އުޅަނދު ދުއްވަން އިން ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.