English Edition
Dhivehi Edition

މަކަރާއި ހީލަތުގެ މައްސަލައެއްގައި ހިތަދޫ މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޖެނެރަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ. އަދި އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން މަކަރާއި ޚީލަތް ހެދުމުގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވަނީ ސ. ހިތަދޫ، އޯކިޑްވިލާ، މޫސާދީދީ (51އ)، އައިޑީ ނަންބަރު: A053765 ކަމަށް ފުލުހުން ހާމަކުރެއެވެ.

އޭނާ ހާޒިރުުވުމަށް އަންގާފައި ވަނީ އޮކްޓޯބަރު 18 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށެވެ.