English Edition
Dhivehi Edition
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފްރަންޓްލައިން އޮފިސަރުންތަކެއް - ފޮޓޯ: ޕޮލިސް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 59 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 9,742 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 89.43% އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10,894 އަށް އަރާފައިވާއިރު، ރާއްޖޭގައި މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުންދަނީ 1,110 މީހުންނެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,282 ސާމްޕަލް ނަގާފައިވެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 368 މީހުން ތިބިއިރު ހޮސްޕިޓަލްތަކުގައި 72 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 35 މީހަކު ވަނީ މަރުވެފައެވެ. އެއީ 28 ދިވެހިންނާއި ހަތް ބިދޭސީންނެވެ.