English Edition
Dhivehi Edition
މާލެއިން ރޭންޑަމް ސާމްޕަލް ނެގުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން އިތުރު 86 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުތެރޭގައި 72 ދިވެހިންނާއި 14 ބިދޭސީއަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

މިއީ ފާއިތުވި ހަފްތާ ތެރޭގައި ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން މި ބައްޔަށް ފައްސިވި ދުވަހެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 10،742 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ފައްސިވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ރާއްޖެއިން ވަނީ 6,856 ދިވެހިންނާއި، 3,900 ބިދޭސީން ކޮވިޑް19އަށް ފައްސިވެފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,356 ސާމްޕަލް ނަގާފައިވެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 384 މީހުން ތިބިއިރު ހޮސްޕިޓަލްތަކުގައި 67 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.