English Edition
Dhivehi Edition
02 ޑިސެންބަރު 2019: ފުލުހުންގެ ބެލުމުގެ ދަށުގައިހުރި 70 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުން - ފޮޓޯ: ޕޮލިސް

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދުނު މީހުންގެ ތެރެއިން 12 މީހަކަށް އެފުރުސަތު ދީފިއެވެ.

ފުލުހުން މިއަދު ބުނީ އެ 12 މީހުންނަށް ފުރުސަތު ދީފައިވަނީ މެއިލް ކޮށްފައިވާ ތަރުތީބުން ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އެދި ޕޮލިސް މީޑިއާ އަށް އީމެއިލް ކުރުމަށް ހުޅުވާލާފައިވަނީ އިއްޔެއެވެ. އެފުރަސަތަށް އެދި މިއަދުގެ 14:00 އާ ހަމައަށް 24 މީހަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައި ދޫނިދޫގައެވެ.