English Edition
Dhivehi Edition

ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓެރެލޮޖިކަލް ސެންޓަރުން ރާއްޖޭގެ ދެކުނަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް މީޓެރޮލޮޖިކަލް ސެންޓަރ އިން ހާމަ ކުރި ގޮތުގައި ބޯކޮށް ވާރޭވެހި، ގުގުރުމާއި އެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 12:00 އިން 17:00 އަށެވެ.

 

މޯލްޑިވްސް މީޓެރޮލޮޖިކަލް ސެންޓަރުން ވަނީ މިއަދު ހެނދުނުވެސް ލ. އަތޮޅުން އައްޑޫ ސިޓީ އަށް މިއަދުގެ ހެނދުނު 07:00 އިން 12:00 އަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބުނެފައިވާ ގޮތުން ލ. އަތޮޅުން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ދަރަޖަކޮށްފައިވަނީ ވައިޓް، ޔެލޯ، އޮރެންޖް އަދި ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓުގެ ގޮތުގަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން މިދާ ވިއްސާރައިގައި ކުރިޔަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.