English Edition
Dhivehi Edition

ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދެ މީހުންނާއި، 22 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ އަންހެނަކު ކަމަށާއި، އެ ހަތަރު މީހުންނަކީވެސް ދިވެހިން ކަމަށެވެ.

އެގޮތުން މި އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކުގައި ހުޅުމާލޭގެ ތިން ފްލެޓެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 17 ރަބަރު ޕެކެޓާއި، 16 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.