English Edition
Dhivehi Edition
އައްޑޫ ސިޓީ ހުޅުމީދޫ - ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ (ދި އެޑިޝަން)

އައްޑޫސިޓީ މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކައުންސިލުން މިދިޔަ އަހަރު ކުރި އިޢުލާންތަކާ ގުޅިގެން މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުމަށް، 29 ސެޕްޓެންބަރު 2020 ވަނަ ދުވަހު ބޭއްވުނު އައްޑޫސިޓީ ކައުންސިލްގެ 2020 ވަނަ އަހަރުގެ 24 ވަނަ ޖަލްސާގައި ނިންމަވާފައިވާތީ، އެ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތެއްވާނަމަ، “ޝަކުވާ ހުށަހަޅާ ފޯމް” ފުރިހަމަ ކުރެއްވުމަށްފަހު، 25 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މީދޫ އަވަށު އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމުތައް ވެސް ބަލައިގަނެވޭނެ ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ.