English Edition
Dhivehi Edition

ބޮލީވުޑްގެ ފިލްމުތަކާއި ލަވަތައް ކުޅެފައިވާ ތަރި މިޝްޓީ މުކަރްޖީ އާއި މިޝްޓީ ޗަކްރަބޯޓީ، އޮޅުވާލައިގެން މީޑީއާގައި ދައްކަމުންދާ ވާހަކަތައް މިޝްޓީ ޗަކަރަވަތީ ދޮގުކޮށްފިއެވެ.

ކީޓޯ ޑައިޓެއްގެ ސަބަބުން ކިޑްނީ ފެއިލްވެ، މިޝްތީ މުކަރްޖީ މަރުވުމުން، ގިނަ ބަޔަކު މިޝްޓީ ޗަކްރަބޯޓީ އަށް ހެޔޮ ދުއާކޮށް އާއިލާއަށް ތައުޒިޔާގެ މެސެޖްތައް ފޮނުވަމުން އަންނައިރު މިޝްތީ ވަނީ އޭނާގެ ފޭނުންނަށް އޭނާ ސަލާމަތުން އެބަހުރިކަމަށް ބުނެ އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. މި ގޮތުން ބޮލީވުޑްގެ ފިލްމު “ކާންޗީ: ދި އަންބްރޭކަބަލް” އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ މިޝްޓީ ޗަކްރަބޯޓީ މަރުވެއްޖެކަމަށް ބުނެ ފަތުރަމުންދާ ހަބަރަކީ ދޮގު ހަބަރެއްކަމުގައި އޭނާ ވަނީ ބުނެފައެވެ،

ކާތިކް އާރިޔަނާ އެކު “ކާންޗީ”ގައި ހަރަކާތަތެރިވި ބަތަލާ މަރުވެއްޖެކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އޭނާ ބުނީ މީޑިއާތަކުން ފަތުރައިގެން އުޅޭ އެ ހަބަރަކީ ދޮގު ހަބަރެއްކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ. ބައެއް މީޑިއާތަކުގައި މިޝްޓީ ޗަކްރަބޯޓީ ގެ ފޮޓޯ އާއި އެކު ލިޔެފައިވާ ހަބަރުތަކުގައި ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު، ކިޑްނީ ފެއިލްވެގެން މިޝްޓީ މަރުވީ އޭނާ ނެގި ކީޓޯ ޑައިޓެއްގެ ސަބަބުން ކަމަށެވެ.

.

ބައެއް މީޑިއާތަކުން މިހަބަރު ގެނެސްދިނުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބުނެ މިޝްޓީ ޗަކްރަބޯޓީގެ ފޭނުން މީޑިއާއަށް ފާޑުކިޔާފައިވާއިރު ނިޔާވި މިޝްޓީ މުކަރްޖީގެ އާއިލާއަށްވެސް ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ފޮނުވަމުންނެވެ.