English Edition
Dhivehi Edition
އަދާރަން ކްލަބް ރަންނާޅި ރިސޯޓުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އަގޯޑާ

ކ. އަތޮޅުގައި އޮންނަ އަދާރަން ކްލަބް ރަންނާޅި ރިސޯޓުގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އަދާރަން ރަންނާޅި ރިސޯޓުގައި މީހަކު ކަރެންޓުގައި ޖެހި ނިޔާވެފައިވާ މައްސަލައެއް ރޭ 20:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދ އެ ހާދިސާގައި ނިޔާވެފައި ވަނީ ސްރީ ލަންކާގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ ހާދިސާ ހިނގާފައިވަނީ އިއްޔެ 18:30 ހާއިރު ކަމަށާއި، ކ. މާފުށީ ޞިއްޙީ މަރުކަޒަށް އެމީހާ ގެންގޮސްފައި ވަނީ އިއްޔެ 19:30 ހާއިރު ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.