English Edition
Dhivehi Edition

އައްޑޫ ސިޓީގައި އިއްޔެ ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި އޮޕަރޭޝަންގައި ޖުމްލަ 13 މީހަކު ހައްޔަރުކޮށްފައިވާ އިރު 2 މީހަކަށް ވަނީ ވާނުވާ ޖަހާފައެވެ. އަދި 8 މީހެއްގެ ބަންދަށް 5 ދުވަސް ޖަހާފައިވާއިރު އިތުރު މީހުން އަދިވެސް ތިބީ ކޯޓުގައެވެ.

ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް އެމީހުން ގެންގޮސްފައިވަނީ ހިތަދޫގައި ހުންނަ މެޖިސްޓްރޭޓް ކޯޓަށެވެ.

މި އޮޕަރޭޝަނާއި ގުޅިގެން މިއަދު ހަމީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާކަމަށާއި، އަތުލައިގަނެވުނު މަސްތުވާތަކެތި ރާއްޖެއަށް ސަޕްލައިކުރި ފަރާތެއް ހޯދުމަށް ބޭރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.