English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އާއި ރާނިޔާ އަހްމަދު ކައިވެނި ބައްލަވައިގަތް ފަހުން މީސްމީޑިއާގައި ރާނިޔާގެ ޗެޓްލޮގްކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯ ތަކާއި ރާނިޔާ ކަމަށް ބުނެ ދައުރުވާ ފޮޓޯތަކަކީ ރާނިޔާ ބްލެކްމެއިލް ކުރުމަށް ބަޔަކު ކުރާ ކަމެއްކަމަށް ގާސިމް ތުހުމަތުކުރައްވައިފިއެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދައުރުވަމުންދާ ޗެޓްލޮގްތަކަކީ މީގެ 3 ވަރަކަށް އަހަރު ކުރިން ރާނިޔާގެ ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އުޅުނު ބަޔަކު އުފައްދައިގެން އުޅޭ ފޮޓޯތަކާއި ޗެޓްލޮގްތަކެއް ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވެފައިވާ ގޮތުގައި ރާނިޔާގެ ފޭސްބުކް އެކައުންޓު ހެކް ކުރުމުން އެމައްސަލަ އޭރުވެސް ވަނީ ފުލުހުންގެ އިދާރާއަށް ހުށައަޅާފައެވެ. ރާނިޔާ ވަރަށް ބޮޑަށް ދިފާއު ކުރައްވާ ގާސިމް ވިދާާޅުވެފައިވަނީ އެކަން ކުރި ފަރާތްތަކުން ބޭނުންވީ ރާނިޔާ ބްލެކްމެއިލް ކުރަން ކަމަށާއި އެކަން އެމީހުންނަށް ކާމިޔާބު ނުވި ކަމަށެވެ.

އުމުރުން 70 އަހަރުގެ ގާސިމް އުމުރުން 21 އަހަރުގެ ރާނިޔާއާ ކައިވެނި ބައްލައިވަގަނެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މި ކައިވެންޏާއި ގުޅިގެން މީސްމީޑިއާގައި ވަރަށް ގިނަ މީހުންވަނީ އެކި ކަހަލަ ވާހަކަތައް ފަތުރާފައެވެ.

 

 

1 ކޮމެންޓް
ޟުސަ
އޮކްޓޯބަރު 5, 2020
މީކަބަރަކީ