Dhiraagu aai eku heydhavi ufaaveri vaguthukolheh hissaakohlaigen aguhuri inaamuthakeh - AO News
English Edition
Dhivehi Edition

Worldwide

  • 39,959,651confirmed
  • 29,890,384recovered
  • 8,954,631active
  • 1,114,636deaths

Maldives

  • 11,178confirmed
  • 10,097recovered
  • 1,045active
  • 36deaths

ކޮވިޑް 19 ކަވަރޭޖް

3 ހަފްތާ ކުރިން

ދިވެހިރާއްޖޭގެ މުއާޞަލާތީ ސިނާއަތް ފަށައިދީ، ދިވެހި އިޤުތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ގައުމީ ޚިދުމަތުގައި 32 އަހަރު ފުރުމުގެ އުފަލުގައި އެ ކުންފުނިން އަގުހުރި އިނާމުތަކެއް ލިބޭ ކެމްޕެއިނެއް ފައްޓައިފިއެވެ.

 

Advt

Advertisement

ދިރާގަށް ގައުމީ ހިދުމަތުގައި 32 އަހަރު އިއްޔެ ފުރިފައިވާއިރު އެ ކުންފުނިން ތައާރަފުކުރި ކެމްޕެއިނަކީ ދިރާގާއި އެކު ހޭދަވި އުފާވެރި ވަގުތުކޮޅެއްގެ ވީޑިއޯ ނުވަތަ ފޮޓޯ މީސްމީޑިއާގައި ހިއްސާކޮށްގެން 3 ނަސީބުވެރިއަކަށް އަގުހުރި އިނާމުތަކެއް ލިބޭ ކެމްޕެއިނެކެވެ.

އެގޮތުން “މާރަނގަޅު” ނަމުގައި ފެށި މި ކެމްޕެއިނުގައި ބައިވެރިވުމަށް ފޭސްބުކް، އިންސްޓާގްރާމް އަދި ޓުވިޓާ ގައި “#MaaRangalhu” މި ހޭޝްޓެގް ޖެހުމަށްފަހު ދިރާގާއި އެކު ހޭދަވި އެންމެ އުފާވެރި ހިދުކޮޅުތަކުގެ ޕޮޓޯ ނުވަތަ ވީޑިއޯ ޝެއަރ ކޮށްލަން ވީއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 އޮކްޓޯބަރ 2020 ގެ 23:59 އާއި ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި 3 ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ކެމްޕެއިނުގައި ފުރަތަމަ ގުރުވަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި، ސެމްސަންގް 64ޖީބީ ސެޑީ ކާޓަކާއި، ސެމްސަންގް ވަޔާލެސް ޗަރޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް+، ދެވަނަ އަށް ހޮވޭ ފަރާތަކަށް އެޕަލް އެއަރ ޕޮޑްސް ޕްރޯ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް އެމޭޒަން އެކޯ ޑޮޓް (3 ގެން) ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ.

ދިރާގުން މި ކެމްޕެއިނާއި ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ދިރާގުގެ ޚިދުމަތަށް 32 އަހަރު ފުރުނުއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. އެ ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި “އެންރިޗިން ލައިވްސް” ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.