English Edition
Dhivehi Edition

އައްޑޫގައި އަޅާ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އިންޑިއާގެ ކޮޗިން އިން ގެނައި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންނާއި، ކޮންޓެކްޓްވި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޕޮލިސް އެކަޑަމީގެ މަސައްކަތަށް ގެނައި 128 މީހުންގެ ތެރެއިން 53 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މި އެންމެންވެސް ތިބީ ގަމުގައި ހުންނަ ދޫގަސް ގައި ކަރަންޓީނު ވެގެންނެވެ.

މިއަދު ޕޮޒިޓިވްވި މީހާއަކީ ކަރަންޓީން ފެސިލިޓީގައި ސެކިއުރިޓީ ބަލަހައްޓަން ހުންނަ މީހެއް ކަމަށާއި އެމީހާ ޑިއުޓީ ނިންމާލާފައި ކޮންމެ ދުވަހަކު ސައިޓަށް އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

އިތުރު މީހަކު އައްޑޫން ޕޮޒިޓިވް ވިކަން ނެޝެނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ކަށަވަރު ކޮށްދީފައިވާއިރު އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން އަދި މިކަމާ ބެހޭ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.