English Edition
Dhivehi Edition

އައްޑޫ ބެޑްމިންޓަން އެޝޯޝިއޭޝަން އާއި ސ.ހިތަދޫ ޒުވާނުންގެ މަރަކަޒު ގުޅިގެން ބާއްވާ ދެވަނަ “ދިރާގް ޓީޗަސް ބެޑްމިންޓަން ޓޯނަމަންޓް”ގެ ފިރިހެން ބައިގެ ތިންވަނަ މަރަދޫ ސްކޫލް ހޯދިއިރު އަންހެން ބައިގެ ތިންވަނަ ކެންގަރޫ ކިޑްސް ހޯދައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ކެންގަރޫއަށް ލިބެނީ އިއްޔެ މިމުބާރާތުގެ ސެމީފައިނަލްގައި ކުޅެގެން ބަލިވި ދެ ޓީމް ކަމުގައިވާ ކެންގަރޫ އާއި ޝަރަފުއްދީން ދެ ޓީމްގެ ނަތީޖާއަށް ބަލާއިރު ޝަރަފުއްދީން ކެންގަރޫ ކިޑްސްއަށް ޕޮއިންޓްގެ ގޮތުން ކުރި ލިބޭތީވެއެވެ.

ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި އައްޑޫ ހައި ސްކޫލް އާއި ޝަރަފުއްދީން ސްކޫލް ބައްދަލުކުރި މެޗު ހައި ސްކޫލް ކާމިޔާބުކޮށްފައިވަނީ 3-0 ސެޓުގެ ނަތީޖާ އަކުންނެވެ.އަދި އަންހެން ދެވަނަ ސެމީގައި ވާދަކުރި ކެންގަރޫ ކިޑިސް ހިތަދޫ ސްކޫލްގެ އަތުން ބަލިވެފައިވަނީ 3-1 ސެޓުގެ ނަތީޖާއަކުންނެވެ.

ލީގު އުސޫލުން ކުޅުނު ފިރިހެން ބައިގެ ތިންވަނަ މަރަދޫ ސްކޫލް ހޯދާފައިވަނީ މުބާރާތުގެ ފަހު މެޗުގައި އައްޑޫ ހައި ސްކޫލް އަތުން ބަލިވި ނަމަވެސް ހަތަރު ވަނައިގައި އޮތް ޝަރަފުއްދީން ސްކޫލްއަށް ވުރެގިނައިން ޕޮއިންޓް ހޯދާފައިވާތީއެވެ.

ރޭ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކަށް ފަހު ފައިނަލައަށް ދިޔަ ޓީމްތަށް ކަށަވަރުވެފައިވާ އިރު މިއަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގެ ވެސް ފައިނަލްއަށް ގޮސްފައިވަނީ އައްޑޫ ހައި ސްކޫލް އާއި ހިތަދޫ ސްކޫލްއެވެ.

އޭބީސީ އިންޓަރ ސްކޫލް ޓީޗަރސް މުބާރާރުގެ އެންމެ ފަހުގެ އަންހެން ޗެމްޕިއަން ޓީމްއަކީ ޝަރަފުއްދީން ސްކޫލްއެވެ.އަދި ފިރިހެން ޗެމްޕިއަން ޓީމްއަކީ ހިތަދޫ ސްކޫލްއެވެ.