English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިރާގުން އެ ކުންފުނީގެ މޯބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސް، ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފިއެވެ.

އެ ކުންފުނިންވަނީ މި ގެނައި ބަދަލްތައް ދައްކާލުމަށް ވަރޗުއަލް އިވެންޓެއް ބާއްވާ، ސޯޝަލް މީޑިއާ ޗެނަލްތަކުން ދައްކާފައިއެވެ.

ދިރާގުން ހާމަކުރިގޮތުގައި ޕްރީޕެއިޑަށް ގެނައި އަޕްގްރޭޑް ތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސް. އެމް. އެސް އަދި ޑޭޓާ، އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން އިތުރު ހިލޭ “ޕަރކްސް” ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބިގެންދާނެއެވެ.

އަލަށް ތައާރަފުކުރި ކޮމްބޯ ޕްލޭންސް އާ ގުޅިގެން ދިރާގު ކޮންސިއުމަރ މާކެޓް މެނޭޖަރ އައިޝަތް އިޝާނާ ވިދާޅުވިގޮތުގައި، ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ލިބި، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ. އެގޮތުން، ދިރާގު ޕްރީޕެއިޑް ޚިދުމަތަށް މިގެނައި ބަދަލުގެ ސަބަބުން މިހާރު ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު، އެންމެ އެކްޓިވޭޝަނަކުން ހުރިހާ ޚިދުމަތެއް ލިބި، ހަރަދުކުރަން ޖެހޭ މިންވަރު ވެސް ކުޑަވެގެންދާނެކަމަށެވެ.

އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ހިލޭ ޕަރކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ޚިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް މިހާރު ގަންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލުމުގެ ފަސޭހަކަން މިހާރު ކަސްޓަމަރުންނަށް ލިބޭނެއެވެ.

ދިރާގުން ޕްރީޕއެއިޑް “ޕަރކްސް” ތައާރަފްކޮށްފައިވަނީ، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގ ފަދަ ޚިދުމަތްތައް ގިނައިން ބޭނުން ކުރާ ކަސްޓަމަރުންނަށް ޚާއްސަކޮށްގެންނެވެ.

ދިރާގުން ހާމަކުރި ގޮތުގައި މީގެ އިތުރުންވެސް ދިރާގުން ދަނީ އިތުރު ކަސްޓަމަރ ސެގްމެންޓްތަކުން ބޭނުންވާ ފަދަ ޚިދުމަތްތަކުން އިތުރު ޕަރކްސް ތަޢާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 250 ރުފިޔާ އިން ފެށިގެން ޕެކޭޖްތައް އެކްޓިވޭޓް ކުރެވޭ އިރު، މި ޕެކޭޖްތައް ދިރާގު ޕްރީޕެއިޑް އަދި ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށްވެސް ބޭނުން ކުރެވޭނެއެވެ.