English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި މި މަހުގެ 28 ވަނަ ދުވަހު ހުޅުވުނު ޒެޕްލިން ރެސްޓޯރަންޓުން ނަސީބުވެރި އެއް ފަރާތަކަށް އައިފޯން 11 ޕްރޯ އެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފައްޓައިފިއެވެ.

މި ޕްރޮމޯޝަންއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ރެސްޓޯރަންޓުގެ ވެރިފަރާތް ކަމުގައިވާ ހުސައިން އަހުސަން ބުނެފައިވަނީ މިއީ މި އަހަރަށް އެ ރެސްޓޯރަންޓުން ކުރިއަށް ގެންދަން ނިންމައިފައިވާ ޕްރޮމޯޝަންތަކުގެ ފެށުން ކަމަށާއި ރެސްޓޯރަންޓާއި ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް އަދި މިފަދަ އިތުރު ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދާނެކަމަށެވެ.

އެ ރެސްޓޯރަންޓުން ހިދުމަތް ހޯއްދަވައިގެން 300 ރުފިޔާ އަށް ވުރެ ބިލުގެ އަދަދު މަތިވާ ކޮންމެ ބޭފުޅަކަށް މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު މި ޕްރޮމޯޝަން ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހާއި ހަމައަށެވެ.

ކޮވިޑް19ގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރި ޒުވާނެއް ކަމުގައިވާ އަހުސަންގެ ވިސްނުމުގެ ދަށުން ހުޅުވުނު މި ރެސްޓޯރަންޓުގެ ސޮފްޓް އޯޕެނިންގް ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ އެ ރެސްޓޯރަންޓުގައި ބާއްވާފައެވެ. އެގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ހަފްލާގެ ޝަރަފްވެރި މެހެމާން ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސައުދުއްލާ ވިދާޅުވިގޮތުގައި މިފަދަ މަސައްކަތްތަކުން ހާމަކޮށް ދެނީ ޒުވާނުންނަކީ ފުރުސަތު ތަކެއް ހޯދައިދީފިނަމަ ރަނގަޅު މިސްރާބަކަށް ގައުމު ގެންގޮސްދޭނެ ބައެއްކަމަށެވެ. އަދި ޒުވާނުން އިސްނަގައިގެން ހިންގާ މިފަދަ މަސައްކަތްތަކަށް މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށްވެސް ސައުދުއްލާ ވަނީ ނަސޭހަތްތެރިވެފައެވެ.

މި ޕްރޮމޯޝަންގެ ގުރުއަތު ނެގުމާއި ނަސީބުވެރި ފަރާތް އިއުލާންކުރުން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ގުރުއަތު ނެގުމާއި ނަސީބުވެރި ފަރާތް އިއުލާންކުރެވިގެންދާނީ އޭއޯ ޗެނަލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

1 ކޮމެންޓް
އިރާޝް
ސެޕްޓެމްބަރު 30, 2020
ނައިސް އާޓިކަލް ލީފް