English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޖަލު ހުކުމް ގޭ ބަންދުގައި ހުރެގެން ތަންފީޒު ކުރަންޖެހޭ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިޝަލަކު ވިދާޅުވީ ގާސިމްގެ ޖަލު ހުކުމް، ގޭގައި ތަންފީޒު ކުރަންޖެހޭ ގޮތަށް ބަދަލު ކުރީ އެމަނިކުފާނުގެ ސިއްހީހާލުކޮޅު މިވަގުތު ހުރި ގޮތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ ހުކުމް ތަންފީޒު ނުކުރެވޭ ފަދަ ބައްޔެއް ގައިދީއެއްގެ ގައިގައި ހުރެއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

އޮފިޝަލް ވިދާޅުވީ ގާސިމްގެ ހުކުމް ގޭ ބަންދަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންގެ ލިޔުމުގައި ނެތް ކަމަށެވެ.

ގާސިމް ގޭ ބަންދަށް ބަދަލު ކުރަން ނިންމި ނަމަވެސް އޭނާ އަދިވެސް އޮންނެވީ އައިޖީއެމްއެޗްގައެވެ. ގާސިމް އަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދީފައި ވީނަމަވެސް ގާސިމް ރާއްޖެ އިން ބޭރަށް ގެންދިއުމުގެ އިންތިޒާމްތައް އަދި ހަމަޖެހިފައެއް ނުވެއެވެ.