English Edition
Dhivehi Edition

 

އީ ކޮމާރސް ޕްލެޓްފޯރމް މޫލީ އިން މިއަދު “ބިގް ޑިވައިސް ސޭލް” ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަންއެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާރޓްފޯނާއި އެކްސެސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާއި އެކު މާރކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެ ކަމަށް އުރީދޫން މަޢުލޫމާތު ދެއްވައެވެ. މި ދުވަސްކޮޅަކީ ކުރިއަށްވުރެ ބޮޑަށް ޑިޖިޓަލް ކޮށް ކަންކަން ކުރަންޖެހިފައިވާ ދަނޑިވަޅަކަށްވުމާއި އެކު، ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން އިތުރުވެފައިވާ މިދަނޑިވަޅު މޫލީ ގެ ބިގް ޑިވައިސް ސޭލް އަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ސާމާނުތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮމޯޝަނެއް ކަމަށް އުރީދޫން ވިދާޅުވެއެވެ.

30 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އެޕަލް ވޮޗް، އެއަރޕޮޑްސް، ސެމްސަންގް އަދި އޮޕޯ ގެ މަގްބޫލް ފޯނުތައް ބައްލަވައިގަނެވޭނެއެވެ. ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ޕްލެޓްފޯރމްގައި ބިގް ޑިވައިސް ސޭލް ސެކްޝަނުން %15 އާއި ހަމައަށް އެ ޕްރޮޑަކްޓަކުން ލިބޭ ޑިސްކައުންޓްއާއި އެކު ފެނިވަޑައިގަންނަވާއެވެ.

 

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ.

މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންކަމަށް އުރީދޫން ވިދާޅުވެއެވެ.