English Edition
Dhivehi Edition
މަސްވެރިންތަކެއް މަސް ބާނަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

މިފްކޯ އިން މަސްވެރިންނަށް ތެޔޮވިއްކާ އަގުހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ މާދަމާއިން ފެށިގެން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާކަމަށެވެ.

މި ބަދަލާއެކު މާދަމާ އިން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުތަކުން މަސްވެރިންނަށް ޑީސަލް ލީޓަރެއް 7.33 ރުފިޔާ އަށް ލިބޭނެއެވެ، އަދި އާންމުންނަށް 13 ރުފިޔާ އަށް ޑީސެލް ލީޓަރެއް ލިބޭނެކަމަށް މިފްކޯ އިންވަނީ ބުނެފައެވެ

މީގެ ކުރިން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ލީޓަރެއް 8.65، ވިއްކާފައިވާއިރު ބާޒާރުގައި ޑީސަލް ލީޓަރެއްގެ އަގު ހުރީ 8.71 ރުފިޔާ އަށެވެ.