English Edition
Dhivehi Edition

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ސަރުކާރުން ކޮށްފައިވާ ހަރަދުތައް އޮޑިޓްކޮށް އާންމު ކުރަން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ކޮރަޕްޝަނާއި ހިޔާނާތާއި ވައްކަމާ ދެކޮޅު ވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާއި އާސަންދައާއި އެންސްޕާގެ އިތުރުން އިއްޔެ އާންމު ކުރި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮޑިޓް ރިޕޯޓްތަކުން ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ އެތައް ކަމެއް ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

މި ފާޑުކިޔުންތަކަށް ޖަވާބުދެއްވަމުން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއިން ހުށަހަޅައިގެން, އެމްޑީޕީގެ 65 މެމްބަރުން ތިބި މަޖިލީހަކުން ކޮވިޑްގެ ހަރަދުތައް އޮޑިޓްކުރަން ފާސްކުރީ ވައްކަން ކުރާ މީހުން ހޯދަންކަމަށާއި މިއީ ޕީޕީއެމް އަދި ޕީއެންސީ އިން ބުނެގެން ކުރި އޮޑިޓެއް ނޫންކަމަށެވެ. ” އެމްޑީޕީއިން ވައްކަންކުރަން ބޭނުންނަމަ އެ ގޮތަށް ފާހެއް ނުކުރާނެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައްކަމާއި ދެކޮޅު.” ރޮޒައިނާ ވިދާޅުވިއެވެ.