English Edition
Dhivehi Edition

އައްޑޫ ސިޓީ އިން އަނެއްކާވެސް އިތުރު ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ ސިޓީން ޕޮޒިޓިވްވި ދެ މީހުންނަކީ 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެއްކަމަށެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސާދާތު ވިދާޅުވީ އައްޑޫ އިން ޕޮޒިޓިވްވި އެކަކީ ހުޅުދޫގައި ހޯމްކަރަންޓީންގައި ހުރި ބަންގްލަދޭޝް މީހެއްކަމަށާއި ދެން ޕޮޒިޓިވްވި މީހާއަކީ އައްޑޫ ސިޓީ ގަމުގައި ކަރަންޓީންގައި ހުރި މީހެއްކަމަށެވެ. އަދި އެދެމީހުންގެ ކިބައިންވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށާއި ދެމީހުންގެ ހާލުވެސް ރަގަޅުކަމަށް ޝަރަފު ސާދާތު ވިދާޅުވިއެވެ. އިތުރަށް ސާދާތު ވިދާޅުވީ މި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މިއަދު ޕޮޒިޓިވްވި ދެ މީހުންނާއެކު އައްޑޫ ސިޓީން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 14 އަށް އަރާފައިވާއިރު މި ދެމީހުން ފިޔަވައި އެންމެންވަނީ ބަލިން ރަގަޅުވެފައެވެ. މިހާތަނަށް އައްޑޫ އިން ކޮމިއުނިޓީ ތެރެއިން މީހަކު ޕޮޒިޓިވްވެފައި ނުވެއެވެ.