English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ސަން

ކޮވިޑް-19 އާ ގުޅޭ މަސައްކަތުގައި ވޮލަންޓިއާ ކުރުމުގެ ފުރުސަތު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހުޅުވާލައިފިއެވެ.

އޭއީއެޗް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެހެންކަމުން، ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގެގޮތުގައި ހަރަކާތްތެރިވާން ޝައުޤްވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ސީވީ އާއި އެކު އެކަމަށް އެދި އެ ހޮސްޕިޓަލަށް ސިޓީ ހުށަހެޅުމަށް އޭއީއެޗް އިން ވަނީ އެދިފައެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުގެ އީމެއިލް [email protected] ނުވަތަ [email protected] އަށް ފޮނުވާ ސިޓީ އަދި ސިވީ ވެސް ބަލައިގަނެވޭނެ ކަމަށާއި، އިތުރު މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުން [email protected] އަށް އީމެއިލް ނުވަތަ ފޯން 6885046 އަށް ގުޅުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.