English Edition
Dhivehi Edition

ފުވައްމުލައްސިޓީގައި އުމުރުން 5 އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުންނެވެ. މި މައްސަލަ ފުލުހުންގެ މީޑިއާއިން ވަނީ އޭއޯ ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށައަޅައިފައިވަނީ ފުވައްމުލައް ހޮސްޕިޓަލުގެ ފަރާތުންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

2 ކޮމެންޓް
No name
ސެޕްޓެމްބަރު 15, 2020
Dhuvas kolhakun bunaane saabithitheh nuviey. Alhuganduge massala vess saabithitheh vi. ???Kaaku mikan balaigathy
މީހެއް
ސެޕްޓެމްބަރު 14, 2020
މިހަޔާކުދު ޖަނަވާރު ރަޖަމުކޯ މަރާފިއަސް ފާފަ ނިވެންނެން! ??